ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: IUL)430-DBA-I/1/2015/32) އިޢުލާނަށް ކުރިމަތިލައިފައިވާ ފަރާތްތައް މަދުކަމާއެކު، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ. އެހެންކަމުން، ދިވެހިބަހުގެ އެކެޑަމީގެ އެސިސްޓެންޓް ރިސަރޗް އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުން އެދެމެވެ.

:މަޤާމުގެ ނަން

އެސިސްޓެންޓް ރިސަރޗް އޮފިސަރ

:ބޭނުންވާ އަދަދު

1

:ރޭންކު

ޖީ.އެސް. 3

:ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

:މުސާރަ

-/4465 ރުފިޔާ

:ސަރވިސް އެލަވަންސް

-/1500 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

ތާރީޚާބެހޭ ބައި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

ޝަރުޠު

- ބަސް ނުވަތަ ތާރީޚު ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު:

1. ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ހޯދުންތައް ހޯދުމާއި ތާރީޚަށް ބޭނުންވާނެ ލިޔުންތައް އެއްކުރުން.

2. ރާއްޖޭގެ ތާރީޚާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދުމަށް ބޭރުން އަންނަ މާހިރުންނާއެކު މަސައްކަތް ކުރުން.

3. ތާރީޚީ ލިޔުންތައް ދިވެހިބަހާއި އިނގިރޭސިބަހަށް ތަރުޖަމާކުރުން.

4. ސަރުކާރުގެ ތަންތަނުންނާއި އަމިއްލަ ފަރާތްތަކުން ބޭނުންވާ ތާރީޚީ މަޢުލޫމާތުތައް ރެކޯޑުތަކުން ހޯދުމާއި، އެ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

5. ތާރީޚީގޮތުން ސެކްޝަނުން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި އެހީތެރިވެދިނުން.

6. ތާރީޚު ސެކްޝަނުން ޗާޕުކުރުމަށް ތައްޔާރުކުރާ ފޮތް ޓައިޕުކޮށް ލޭއައުޓް ހެދުން.

7. އޮފީހުގެ ބޭނުންތަކަށް އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީ ގޮތުން އެންމެ މަތީ މާކުސް ލިބިފައިވުމާއި، ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ދިވެހިބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަންހުރި މިންވަރު.

- ކަންކަމަށް އިސްނެގުމުގެ ހުނަރުހުރި މިންވަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މިންވަރު.

ސްކްރީން ކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާންގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލްސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު (އެކްރެޑިޓްކޮށް އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)

4. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިއުތިރާޒެއްނެތްކަމުގެ ލިޔުން.

5. ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ސާފުކޮޕީ

6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2016 ޖަނަވަރީ މަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:30

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ.ސޯސަންގެ، މާލެ.

އިތުރު މަޢުލޫމާތު:

- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީގައެވެ.

1 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016
ހޯދާ