މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޟަތު

މަޤާމް :ސީނިއަރ ކޮމަރޝަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކޮމަރޝަލް އެންޑް މާކެޓިންގ

ޝަރުޠު:

  • މާކެޓިންގގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މާކެޓިންގގެ ދާއިރާގައި މަދުވެގެން 01 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މާކެޓިންގގެ ދާއިރާއިން ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މާކެޓިންގގެ ދާއިރާގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. އަދި ފޮޓޯޝޮޕް، ކޮރެލްޑްރޯ އަދި އިންޑިޒައިން ފަދަ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

  • އެއަރލައިން ރޫޓްތަކަށް އަމާޒުކުރެވިގެން އުފެއްދިފައިވާ ސްޓްރެޓެޖީތައް ބޭނުންކުރެވޭނޭ ގޮތްތައް ދެނެގަންނަން އެނގި، ރޫޓްތަކަށް ދެވޭ ޚިދުމަތް އިތުރަށް ޕްރޮމޯޓްކުރާނޭ ގޮތްތައް އެނގުން.

  • އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއެކު މިކަމާ ގުޅޭގޮތުން އިތުރަށް ހަރުދާނާކުރަންހުރި ކަންކަން ކުރަން އެނގުން.

  • މާކެޓިންގގެ މާޙައުލުގައި SWOT ދެނެގަނެ، އެނަލައިޒްކުރަން އެނގުން.

  • ލިބޭ މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކުރުމާއެކު އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން، އަދި އުފެއްދުންތެރިކަމާއެކު އެކަނި ނުވަތަ ޓީމަކާއެކު މަސައްކަތްކުރަން އެނގުން.

    މުސާރައާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/14,000 ރުފިޔާއާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެއަރލައިން މާކެޓްކުރުމާއި ރޫޓް ތަރައްޤީކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެހީތެރިވުމާއެކު، މިދާއިރާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރުމުއްދަތުގެ ލަނޑުދަނޑިތައް ކަނޑައެޅުން.

  • ދެވޭ ޚިދުމަތާއި، މުދަލުގެ ފެންވަރު ރަނގަޅުކުރުމަށް މާކެޓް ދިރާސާތައް ހެދުން.

  • އުފެއްދުންތެރި ޕްލޭން ހެދުމާއި، އެރޮނޯޓިކަލް ދާއިރާއިން ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމުގައި މެނޭޖަރަށް އެހީތެރިވުން.

  • އެހެން ޑިޒައިނަރުންނާއި، ވެބް ޑިވެލޮޕަރުން އަދި އެއަރލައިން މާކެޓިންގ / ރޫޓް ޑިވެލޮޕްމަންޓް މެނޭޖަރުންނާއި ކަމުގެ މާހިރުންނާއެކު މަސައްކަތްކުރުން.

  • މާކެޓިންގ މަސައްކަތާ ގުޅުންހުރި އެންމެހައި ޑިޒައިން، އާޓް އަދި ވީޑިއޯ ފަދަ އުފެއްދުންތައް އުފައްދައި، ފައިނަލްކޮށް ވުޖޫދަށް ނެރުން.

މަޤާމް :އެއަރ ޓްރެފިކް އިލެކްޓްރޯނިކްސް ޓެކްނީޝަން ގްރޭޑް 1
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އެއަރ ޓްރެފިކް އިންޖިނިއަރިންގ

ޝަރުޠު:

  • ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އިންސްޓިޓިއުޓަކުން އިލެކްޓްރޯނިކްސް ނުވަތަ ކޮމިއުނިކޭޝަން އިންޖިނިއަރިންގގެ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުން.

  • PC އަދި LINUX ގައި ބޭނުންކުރެވޭ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

  • ގިނަ އަދަދެއްގެ ޓެކްނިކަލް އަދި ނާޒުކު އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މަރާމާތުުކުރަން އެނގުން.

  • އުުމުރު: 20-35 އަހަރާ ދެމެދު.

  • ޝިފްޓް ޑީއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/12،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ ސިޔާސަތާއި، އެއަރޓްރެފިކް އިނޖިނިއަރިންގ ޔުނިޓުގައި (ATEU) މަސައްކަތްކުރަން ކަނޑައެޅިފައިވާ ގޮތްތަކާއި، އެއަރޓްރެފިކް އިންޖިނިއަރިންގ މެނުއަލް (MATE) އަށް ރިޢާއަތްކޮށް، ތަނުގެ މަސައްކަތް ހުއްޓުމަކަށް އަޔަނުދީ، އެއަރޓްރެފިކް ކޮންޓްރޯލްގެ އެންމެހައި ސިސްޓަމްތަކާއި އިކުއިޕްމަންޓްތައް ބެލެހެއްޓުން.

މަޤާމް :ކޮމަރޝަލް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކޮމަރޝަލް އެންޑް މާކެޓިންގ

ޝަރުޠު:

  • މާކެޓިންގ ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ (މާކެޓިންގ މޭޖަރ) ދާއިރާއިން ޑިގްރީ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، މާކެޓިންގ އާ ގުޅުންހުރި ދާއިރާއެއްގައި 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މާކެޓިންގގެ ދާއިރާއިން ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. އަދި ފޮޓޯޝޮޕް، ކޮރެލްޑްރޯ އަދި އިންޑިޒައިން ފަދަ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

  • އެއަރލައިން ރޫޓްތަކަށް އަމާޒުކުރެވިގެން އުފެއްދިފައިވާ ސްޓްރެޓެޖީތައް ބޭނުންކުރެވޭނޭ ގޮތްތައް ދެނެގަންނަން އެނގި، ރޫޓްތަކަށް ދެވޭ ޚިދުމަތް އިތުރަށް ޕްރޮމޯޓްކުރާނޭ ގޮތްތައް އެނގުން.

  • އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއެކު މިކަމާ ގުޅޭގޮތުން އިތުރަށް ހަރުދަނާކުރަންހުރި ކަންކަން ކުރަން އެނގުން.

  • މާކެޓިންގގެ މާޙައުލުގައި SWOT ދެނެގަނެ، އެނަލައިޒްކުރަން އެނގުން.

  • ލިބޭ މަޢުލޫމާތުތައް ރަނގަޅަށް ދިރާސާކުރުމާއެކު، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން، އަދި އުފެއްދުންތެރިކަމާއެކު އެކަނި ނުވަތަ ޓީމަކާއެކު މަސައްކަތްކުރަން އެނގުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/11،000 އާއި -/12،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  •  އެއަރލައިން މާކެޓްކުރުމާއި ރޫޓް ތަރައްޤީކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެހީތެރިވުމާއެކު، މިދާއިރާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރުމުއްދަތުގެ ލަނޑުދަނޑިތައް ކަނޑައެޅުން.

  • ދެވޭ ޚިދުމަތާއި، މުދަލުގެ ފެންވަރު ރަނގަޅުކުރުމަށް މާކެޓް ދިރާސާތައް ހެދުމަށް އެހީތެރިވުން.

  • އުފެއްދުންތެރި ޕްލޭން ހެދުމާއި، އެރޮނޯޓިކަލް ދާއިރާއިން ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމުގައި މެނޭޖަރަށް އެހީތެރިވުން.

  • އެހެން ޑިޒައިނަރުންނާއި، ވެބް ޑިވެލޮޕަރުން އަދި އެއަރލައިން މާކެޓިންގ / ރޫޓް ޑިވެލޮޕްމަންޓް މެނޭޖަރުންނާއި ކަމުގެ މާހިރުންނާއެކު މަސައްކަތްކުރުން.

  • މާކެޓިންގގެ މަސައްކަތާ ގުޅުންހުރި އެންމެހައި ޑިޒައިން، އާޓް އަދި ވީޑިއޯ ފަދަ އުފެއްދުންތައް އުފައްދައި، ފައިނަލްކޮށް ވުޖޫދަށް ނެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމް :ކާޕެންޓަރ
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: ބިލްޑިންގ ސަރވިސަސް / ކާރޕެންޓްރީ

ޝަރުޠު:

  • ސެޓުފިކެޓު އިން ކާރޕެންޓަރ

  • 01 އަހަރުދުވަހުގެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ މީހެއް ކަމުގައިވުން.

  • އުމުރު 25 އަހަރާއި 45 އަހަރާ ދެމެދު.

    މުސާރައާއި އިނާޔަތްތައް: މަހަކު -/9،700 ރުފިޔާ އާއި -/11,000 ރުފިޔާއާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އިސްކޮށް ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ވަޑާމުގެ އެންމެހައި މަސައްކަތްކުރުން.

  • ކަބަޑު، ދޮރުފަތްތައް އަދި ބިތްގަނޑުޖެހުން ފަދަ މަސައްކަތް ކުރުން.

  • މަސައްކަތުގެ އާލަތްތައް ސާފުކޮށް ބެލެހެއްޓުމާއި ޗެކްކުރުން.  

  • އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:  

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 20 ޖަނަވަރީ 2016 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހަވީރުގައި ޝާއިޢުކުރެވިފައިވާ އިޢުލާން ނަންބަރު: 116-A30/IL/2016/4 ގައިވާ ސީނިއަރ ކޮމާރޝަލް އޮފިސަރ އަދި ކޮމަރޝަލް އޮފިސަރ ގްރޭޑް 1 ގެ މުސާރައިގެ ތަފުސީލަށް ބަދަލުގެނެވިފައިވާ ވާހަކަ ޢާންމު މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

14 ޖަނަވަރީ 2016
ހޯދާ