ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސްޕަވައިޒަރުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތައް ބަލަހައްޓާނެ ރިސޯސް ސްޕަވައިޒަރުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 2   

ޝަރުތު: ގުޅޭ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން. ޢަރަބި ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި މަތީ ތަޢުލީމުގެ މަރުކަޒެއްގައި ފަންނީ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ޕީރިއަޑަކަށް -/75 ރުފިޔާ

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 6 މަސް ދުވަހުގެ މުއްދަތަށެވެ.

6 މަސް  ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 18 މަސްދުވަހަށް  އިތުރުކުރެވިދާނެއެވެ.

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީ ފޮނުއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ