އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވިޑިއޯ ކޮންފަރެންސިންގ ސިސްޓަމެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުގައި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމެއް ޤާއިމު ކުރުމަށް ކުރި، މިއޮފީހުގެ ނަންބަރު IUL)7-ADMN/1/2015/62) އިޢުލާނާ ގުޅިގެން ތިންފަރާތަކުން ޝަރުޠު ހަމަވާ އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓް ދޭނެ އުސޫލާއި އަދި ބިޑާބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

/http://www.audit.gov.mv/en/media/ago-announcements/procurement-announcements

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން މެންދުރުފަހުގެ 14:00 އާ ދެމެދު 3348228، 3348227 އަދި 3348263 ނަންބަރު ފޯނާއެވެ.

11 ޖަނަވަރީ 2016
ހޯދާ