މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕިކަޕް އަދި ޑަމްޕް ޓްރަކް ގަތުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޕިކަޕް އަދި ޑަމްޕް ޓްރަކް ގަތުން

މި ކޯޕަރޭޝަނަށް ތިރީގައި މިދަންނަވާ ވެހިކަލްތައް ގަންނަން ބޭނުންވެއެވެ.

  • 02 ޕިކަޕް (1.5 ޓަނު)
  • 02 ޕިކަޕް (3 ޓަނު)
  • 02 ޑަމްޕް ޓްރަކް (5 ޓަނު)

ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2016 އިން 21 ޖަނަވަރީ 2016 އަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00 އާ ދެމެދު ގަންނަން ބޭނުންވާ ފަރާތުގެ ލިޔުމަކާއެކު -/1,500 ރުފިޔާއަށެވެ. އަދި މިފައިސާއަކީ ރީފަންޑް ކުރެވޭނެ ފައިސާއެއްނޫނެވެ. 

ޕްރީ-ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2016 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަންފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީ-ބިޑް މީޓިންގގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވަޑައިގަތުމަކީ އެދެވިގެންވާކަމެކެވެ.

ބިޑް ހުށަހަޅުއްވާނީ 28 ޖަނަވަރީ 2016 ގެ 13:00 އަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ތިރީގައިމިވާ އެޑްރެހަށެވެ.

ބީލަން ހުށަހަޅުއްވާނީ ޓެކްނިކަލް އޮފަރ އަދި ކޮމާޝަލް އޮފަރ ވަކިން ދެ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ކޮންމެ ސިޓީއުރައެއްގައި އޮރިޖިނަލްއަކާއި ކޮޕީއެއް ހިމަނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ޕިކަޕް އަދި ޑަމްޕް ޓްރަކް ގަތުން: 28 ޖަނަވަރީ 2016 ގެ 13:00 ގެ ކުރިން ނުހުޅުވުން އެދެން" މިހެން ލިޔެފައި ފޮނުއްވާނީ ތިރީގައި އެވާ އެޑްރެހަށެވެ.

މެނޭޖިންގ ޑިރެކަޓަރ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް# 385، މާފަތްތަކުރުފާނުމަގު

މައްޗަންގޮޅި، ޕޯސްޓަލް ކޯޑް: 20386،

މާލެ، ދިވެހިރާއްޖެ

ބީލަން ހުށަހަޅާ ފަރާތުގެ ޓެކްނިކަލް އޮފަރ ހުޅުވާނީ 28 ޖަނަވަރީ 2016 ގެ 13:00 ގައި މިކޯޕަރޭޝަންގެ މައި އިދާރާގެ ކޮންފަރެންސް މާލަމުގައެވެ. ބީލަންފޮތް ގަނެފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ބައިވެރިއެއް ނުވެވޭނެއެވެ.

ޓެކްނިކަލް އިވެލުއޭޝަނަށްފަހު ރިޕޯޓް ތައްޔާރުވުމުން، ކޮލިފައިވެފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ހުޅުވާނެ ތާރީޚާއި ގަޑި އަދި ތަނެއްގެ މަޢުލޫމާތު އެންގޭނެއެވެ. އަދި ޑިސްކޮލިފައިވާ ފަރާތްތަކުގެ ކޮމާޝަލް އޮފަރ ނުހުޅުވައި ރައްދުކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީން ކޮމާޝަލް އޮފަރތައް އިވެލުއޭޓް ކުރުމަށްފަހު ބީލަން ކާމިޔާބުކުރައްވާ ފަރާތަކާ މަސައްކަތް ހަވާލުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިމިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

ފޯން:        3320657 960+ ނުވަތަ 9911606 960+

ފެކްސް:      3317133 960+

އީ-މެއިލް:     [email protected]  

ވެބް ސައިޓް:   www.mrdc.com.mv

01 ރަބީޢުލްއާޚިރު 1437 

 

11 ޖަނަވަރީ 2016
ހޯދާ