ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ވޮޗަރ

މަޤާމުގެ ރޭންކް: SS1

އާންމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

-/3،100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް -/1،000 ރުފިޔާ (އެއްހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ 35% (ތިރީސްފަސް އިންސައްތަ)

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

އަސާސީ  ތަޢުލީމުގެ  ފެންވަރަށް  ލިޔަންކިޔަން  އެނގުމާއި،  މަޤާމުގައި  ކުރަންޖެހޭ  މަސައްކަތްތައް ކުރަން އެނގުމާއި، އެ މަސައްކަތްތައް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކޯޓުގެ ޢިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

- ބަގީޗާއަށް ފެންދީ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ)

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައި)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

ސުންގަޑި:

2016 ޖަނަވަރީ 20 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

30 ރަބީޢުލްއާޚިރު 1437

10 ޖަނަވަރީ 2016
ހޯދާ