ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގައި ފާޚާނާއެއް ހެދުން

އިޢުލާން

މަރުކަޒުގައި ފާޚާނާއެއް ހެދުމާގުޅޭ

މި މަރުކަޒުގައި ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

30 ރަބީޢުލްއައްވަލް 1437

10 ޖަނަވަރީ 2016
ހޯދާ