މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ކުނި އުކާލަދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި މިނިސްޓްރީގެ ދަށުން ކުލުނުވެހި (ޝީ ބިލްޑިންގގެ 07 ވަނަ ފަންގިފިލާ) ގައި ހިންގަމުންގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގައި އުފެދޭ ކުނި 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.‏

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

‏01 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016
ހޯދާ