ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮފީހުގެ ބ.އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 19 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ބ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3000655 ފޯނާއި، ނުވަތަ ބ. އަތޮޅު ގޮފީގެ ނަންބަރު: 6608501 ފޯނާ ގުޅުއްވުން އެދެމެވެ.

04 ރަބީޢުލްއާޚިރު 1437

14 ޖަނަވަރީ 2016
ހޯދާ