ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު – ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މެނޭޖަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

12 (ބާރަ) މަސް (މަސައްކަތަށް ރަނގަޅުނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

މަސައްކަތުގެ ވަގުތު:

ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ހަވީރު 14:00 އަށް. (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

ބޭސިކް ސެލެރީ: މަހަކު -/20،000ރ.

ސަރވިސް އެލަވަންސް: މަހަކު -/2،500ރ.

ޕާރފޯމަންސް އެލަވަންސް: މަހަކު -/2،500ރ.

ފެންވަރު/ޝަރުޠު

1. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

3. މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމެއް ބެލެހެއްޓުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި

4. ސޯސްކޮޑްތައް ޕްރޮޑަކްޝަނަށް ޑިޕްލޯއި ކުރުމުގެ 6 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން

5. ކޯޑިން ސްޓޭންޑަރޑް، ސޯސްކޮޑް ރިވިއުކޮށް، ސޯސްކޯޑް ވާރޝަން ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން

6. PHP ނުވަތަ NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

7. Javascript، HTML5، CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

8. MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް ( www.ncit.gov.mv ) އިން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް

  1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން އެން.ސީ.އައި.ޓީ ގައި މަސައްކަތް ކުރަމުންދާ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމު ބެލެހެއްޓުން
  2. ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމުގެ މުވައްޒަފުންނަށް ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕްކުރުމަށް ދޭންޖެހޭ އިރުޝާދާއި އެހީތެރިކަން އަދި ތަމްރީނު ދިނުން
  3. ޑިވެލޮޕަރުން ތައްޔާރުކުރާ ކޯޑުތައް ރިވިއުކޮށް ކޯޑީން ސްޓޭންޑަރޑް އާ އެއްގޮތަށް ތައްޔާރުކޮށްފައިވޭތޯ ބެލުން

އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.

  1. ސޯސްކޯޑްތައް ޓްރެއިނިންގ، ޓެންޓިން އަދި ޕްރޮޑަކްޝަން އެންވަރިރޮންމެންޓަށް ޑިޕްލޯއިކުރުން
  2. ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ހަވާލުކުރެވޭ ޕްރޮޖެކްޓް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރުން
  3. ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ރިވިއުކޮށް ޕާފޯމަންސް އެޕްރެއިޒަލް ހެދުން
  4. ސޮފްޓްވެއަރ ޑިވެލޮޕަރުންނާއެކު މަސައްކަތްކޮށް އީ-ގަވަރމަންޓް ސަރވިސް އެޕްލިކޭޝަންތައް އިންޕްރޫވް ކުރާނެ ގޮތްތައް ހޯދައި ޕޮލިސީ ލެވެލްގެ ބޭފުޅުންނަށް ދޭންޖެހޭ އިރުޝާދުދިނުން 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން24 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ނުވަތަ ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ ([email protected] ނުވަތަ [email protected]) އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ