ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް ލޯ

އިޢުލާން

ތިރީގައި އެވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 13 ޖަނަވަރީ 2016 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

މާސްޓަރ އޮފް ލޯ

މުއްދަތު: ފުލްޓައިމް އިވްނިންގ 1 އަހަރު (2 ސިމެސްޓަރ) – ހަވީރު 3:00 ގެ ފަހުން ކިޔަވައިދޭގޮތަށް

      ފުލްޓައިމް ބްލޮކް މޯޑް 1 އަހަރު (2 ސިމެސްޓަރ) – ހަފުތާ ބަންދުތަކާއި ރަސްމީ ބަންދުދުވަސްތަކުގައި ކިޔަވައިދޭގޮތަށް

      ޕާޓްޓައިމް އިވްނިންގ 2 އަހަރު (4 ސިމެސްޓަރ) 

ޖާގަ: 45 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ގުޅުން ހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓު: އިނގިރޭސި މީޑިއަމްއިން ދަށްވެގެން އަންޑަރ ގްރެޖްއޭޓް ފެންވަރަށް ކިޔަވައިފައިނުވާނަމަ އައި.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ހޯދާފައިވުން ނުވަތަ ޖީސީއީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

07 ޖަނަވަރީ 2016
ހޯދާ