ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންޓަރާއި ވެއިޓިންގ އޭރިޔާ މަރާމާތުކުރުމާބެހޭ

އިޢުލާން

ކައުންސިލް އިދާރާގެ ކައުންޓަރާއި ވެއިޓިންގ އޭރިޔާ މަރާމާތުކުރުމާބެހޭ

މިއިދާރާގެ ކައުންޓަރާއި، ވެއިޓިންގ އޭރިޔާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް މައިގަނޑު ބައެއް ތަކެތި މިއިދާރާއިން ދިނުމުން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)241-B/241/2015/32) އިޢުލާނާ ގުޅިގެން އިވެލުއޭޓްކުރަން ބޭނުންވާ މިންވަރަށް އަންދާސީހިސާބުތައް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ގަޑިޖެހިގެން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓަރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

              ހުށަހަޅުއްވާ އަގަށް                 % 60

              ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލުކަމަށް    % 15

              ހުށަހަޅާ މުއްދަތަށް                 % 15

              މާލީ ތަނަވަސްކަމަށް                % 10 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016
ހޯދާ