މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަގުމަތި އަދި ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަން އެންގުން

އިޢުލާން

މިހާރަކަށްއައިސް އެކި ބޭނުންތަކަށް ރާއްޖެއިންބޭރުން ގެންނަ ލަކުޑީގެ ބާވަތްތަކާއި، ދަގަނޑާއި ހިލަވެލި އަދި ވިޔަފާރި މުދަލާއި އެހެނިހެން ތަކެތި މި މިނިސްޓްރީގެ ހުއްދަ ނެތި ގަވާއިދާއި ޚިލާފަށް މަގުމަތީގައާއި ހުސްބިންތަކުގައި ބަހައްޓަމުން ގެންދިއުން ވަނީ އާންމު ކަމަކަށް ވެފައެވެ.

މިގޮތަށް ބަހައްޓާ ބައެއް ތަކެތި މަގުމަތީގައި ބަހައްޓައިގެން ސާފުކޮށް، ލަކުޑިނަމަ ބަންޑެލި ކަނޑައި ހަދަމުން ގެންދިއުމާއި އެފަދަ ބައެއް ތަކެތި މަގުމަތީގައި ބަހައްޓައިގެން ވިއްކަމުން ގެންދާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. މިކަންކަމަކީ މި މިނިސްޓްރީގެ ނަންބަރު (IUL)138-ASI/138/2015/07  (26 ޖަނަވަރީ 2015) އިޢުލާނުން މަނާކުރެވިފައިވާ ކަންކަމެވެ. ވީމާ، މީގެފަހުން މި މިނިސްޓްރީގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް އެއްވެސް ބާވަތެއްގެ އެއްޗެއް މަގުމަތީގައާއި ހުސް ބިންތަކުގައި ނުބެހެއްޓުމަށް އަންގައި އިޢުލާން ކުރަމެވެ.

މި އިޢުލާނާ ޚިލާފަށް މަގުމަތީގައާއި ހުސް ބިންތަކުގައި ތަކެތި ބަހައްޓާނަމަ އެ ތަކެތި މި މިނިސްޓްރީ އިން ނަގަމުން ގެންދާނެކަން އެންގީމެވެ. އަދި މި މިނިސްޓރީއިން ނަގާ އެފަދަ ތަކެތި އަނބުރާ ދޫކުރެވޭނީ އެ ތަކެތި ނެގުމަށާއި ބެހެއްޓުމަށް މި މިނިސްޓްރީއިން ކުރި ޚަރަދު ދެއްކުމުން ކަމުގައިވެސް އެންގީމެވެ.

އަދި ގަވާއިދާ ޚިލާފަށް މަގުމަތީގައާއި ހުސް ބިންތަކުގައި ތަކެތި ބަހައްޓާ ފަރާތްތަކާމެދު އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު ނަންބަރު 11/2010 ގެ 13 ވަނަ މާއްދާގެ 1 އަދި 3 ގައިވާ ގޮތަށް ޢަމަލުކުރާނެކަން އަންގައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1437

 

11 ޖަނަވަރީ 2016
ހޯދާ