ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
01 އެއަރކޮންޑިޝަން ނައްޓައި، އައު 02 އެއަރކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން

 އިޢުލާން

މިކޯޓުގެ އިދާރީބައިގައި ހަރުކޮށްފައިހުރި 01 އެއަރކޮންޑިޝަން ނައްޓައި، އައު 02 އެއަރކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

07 ޖަނަވަރީ 2016
ހޯދާ