މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލްތަކުގެ ހައިޑްރޯލިކް ހޮޅި މަރާމާތުކޮށްދޭނެ ފަރާތެއް އަދި ކްރިމްޕިން މެޝިނަށް ބޭނުންވާ ހޯސް އަދި ކަނެކްޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިކުންފުނީގައި ބޭނުންކުރަމުން އަންނަ ވެހިކަލްތަކުގެ ހައިޑްރޯލިކް ހޮޅި މަރާމާތުކޮށްދޭނެ ފަރާތެއް އަދި ކްރިމްޕިން މެޝިނަށް ބޭނުންވާ ހޯސް އަދި ކަނެކްޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަދި މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00

 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

01 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016
ހޯދާ