ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސުން ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކުގައި، ތިރީގައިވާ މާއްދާތައް ކިޔަވައިދޭނެ ރިސޯސް މުދައްރިސުން ބޭނުންވެއެވެ.

  • އިސްލާމީ ތަރުބިއްޔަތުގެ އުޞޫލުތައް (ބޭނުންވާ އަދަދު 2)
  • ކިޔަވައިދިނުމުގެ ގޮތްތަކާއި ހުނަރުތައް (ބޭނުންވާ އަދަދު 1)
  • ފިޤްޙު (ބޭނުންވާ އަދަދު 2)
  • ތަފްސީރާއި ޢުލޫމުލް ޤުރްއާން (ބޭނުންވާ އަދަދު 1)
  • ޢަރަބި ބަސް (ބޭނުންވާ އަދަދު 3)
  • ތަރުބަވީ ނަފްސާނީ ޢިލްމު (ބޭނުންވާ އަދަދު 1)
  • ޙަދީޘާއި ޢުލޫމުލް ޙަދީޘް (ބޭނުންވާ އަދަދު 1)
  • ޢަޤީދާ (ބޭނުންވާ އަދަދު 1)
  • އިސްލާމީ އަޚްލާޤު (ބޭނުންވާ އަދަދު 4)
  • ކޮމްޕިއުޓިންގ (ބޭނުންވާ އަދަދު 1)

މުސާރަ: 

- އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއްނަމަ، ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/150 ރުފިޔާ

- އެމް. ކިޔު. އޭ ލެވެލް 9 ގެ ސަނަދެއްނަމަ، ނަގައިދޭ ކޮންމެ ގަޑިއަކަށް (50 މިނިޓަކަށް) -/200 ރުފިޔާ

މަޤާމުގެ ޝަރުޠު: މާއްދާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން.

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް (ފުރަތަމަ އެގްރިމެންޓްކުރެވޭނީ، 6 މަސްދުވަހުގެ މުއްދަތަށެވެ. 6 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އިތުރު 18 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.)

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައިވާ ) ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ، ޤުރްއާނާބެހޭ މަރްކަޒަށް ސިޓީއަކާއެކު ހުށަހެޅުން އެދެމެވެ.

25 ރަބީޢުލްއައްޥަލް 1437

05 ޖަނަވަރީ 2016
ހޯދާ