ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ ޖެނެރަލް  

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/15,150 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ އިސްވެރިޔެއްގެގޮތުގައި މަސައްކަތްކުރުން.

2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުރިމަގު އެންމެ އެދެވޭގޮތުގައި ބައްޓަންކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާއާއި އިރުޝާދުގެދަށުން އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން.   

3. މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ޝައުޤުވެރިކަމާއި ވަޒީފާގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

4. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ވާޖިބުތައް މުވައްޒަފުން އަދާކުރަމުން ގެންދާގޮތް މޮނިޓަރކޮށް ބަލައި، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5. އޮފީހުގެ އިދާރީ ކަންތައްތައް ދައުލަތުގެ ފައިސާގެ ޤަވާޢިދުތަކާ އެއްގޮތަށް ބަލަހައްޓައި ކުރަމުން ގެންދިއުން.

6. ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. 

2. ހިންގުމުގެ ދާއިރާގެ އިސްމަޤާމެއްގައި މަދުވެގެން 7 އަހަރުދުވަހު އުޅެ، މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިތުރު އެލަވަންސް:

މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %35 އާއި، ސަރވިސް އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 17 ވަނަ ދުވަހުގެ 14:30 ގެ ކުރިން، މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ފޮނުވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ 3000644 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

30 ރަބީޢުލްއައްޥަލް 1437

10 ޖަނަވަރީ 2016
ހޯދާ