މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ / ކޮމްޕެނީ ލީގަލް އެފެއާޒް

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

ޝަރުޠު:

  • ޝަރީޢާ އެންޑް ލޯ އިން ޑިގްރީ ހާސިލުކޮށްފައިވުން. (ޑިގްރީ ނިންމުމަށްފަހު ސެޓުފިކެޓު ނުލިބޭނަމަ، އެކެޑަމިކް ޓްރާންސްކްރިޕްޓްތައް ހުށަހެޅުމުން ޤަބޫލުކުރެވޭނެ)

  • އުމުރު: 22- 45 އަހަރު

  • ފަރިތަކަމާއެކު ކޮމްޕިއުޓަރ އެޕްލިކޭޝަންތައް / އެމް. އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

    * ނޯޓް: ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެ.

މުސާރައާއި އިނާޔަތްތައް: މަހަކު -/16،000 އާއި -/18،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނިން ކުރާ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ހޯދައިދިނުމުގެ މަސައްކަތްކުރުން.

  • ކުންފުނީގައި ދިމާވާ މައްސަަލަތަކާއި، ހިނގާ ހާދިސާތަކާއި ދެބަސްވުންތަކާ ގުޅިގެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ މަސައްކަތްކުރުމާއި، ކޯޓުގައި ވަކާލާތުކުރަން ޖެހިއްޖެނަމަ އެކަން އިންތިޒާމުކުރުމުގެ މަސައްކަތްކުރުން.

  • ކުންފުންޏާއި އެކިއެކި ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކާއި މިފަދަ އެހެނިހެން ޝަރުޢީ އަދި ޤާނޫނީ ލިޔެކިޔުންތައް ޑްރާފްޓްކުރުމާއި، މި ލިޔެކިޔުންތަކާ ބެހޭގޮތުން ލަފާ އެރުވުމާއި، ލިޔެކިޔުންތަކުގެ ރިކޯޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި، މިފަދަ ލިޔެކިޔުންތަކުގައި ބަޔާންވެގެންވާ ކަންކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު ކުންފުނީގެ ފަރާތުން މުޢާމަލާތްކުރަން ޖެހިއްޖެ ޙާލަތެއްގައި މުޢާމަލާތުކޮށްދިނުން.

  • ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުންފުނީގައި އެއްވެސް ކަމެއް ނިންމަމުންދާކަން ފާހަގަކުރެވިއްޖެނަމަ ވަގުތުން އެކަން ކުންފުނީ ސެކްރެޓަރީގެ ސަމާލުކަމަށް ގެނެސްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  - ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:   ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

                           މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

                           ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.                        

06 ޖަނަވަރީ 2016
ހޯދާ