މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 02 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 02 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/185 އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 02 މިނީވޭން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 11 ޖަނަވަރީ 2016 ދުވަހުގެ 03:00 އަށް ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަގު ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2016 ދުވަހުގެ 03:00 ގައި ފެންބިލްޑިންގގެ 05 ވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

07 ޖަނަވަރީ 2016
ހޯދާ