މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމު: މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)  

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް – 1 އަހަރުދުވަސް (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މުސާރަ: ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން

މަޤާމުގެ ޝަރުޠު:  

- މާކެޓިންގ ދާއިރާއިން ބެޗަލަރސްޑިގްރީ ލިބިފައިވުން.

- މާކެޓިންގ އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 4 - 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އާއި، އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ލިބިފައިވުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މުވައްޒަފަކުކަމުގައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

އެން. އޯ. ސީ. ގެ މާކެޓިންގ ސްޓްރެޓެޖީ ޕްލޭނެއް ހަދައި އިމްޕްލިމެންޓް ކުރުން.

- މީޑިއާ އަޕްޑޭޓްކުރުމާއި، ޕަބްލިކް ރިލޭޝަން އޮފިސަރެއްގެގޮތުގައި މަސައްކަތްކުރުން.

- އެން. އޯ. ސީ. އަށް ސްޕޮންސަރ ހޯދުމަށް، ޕްރޮޕޯޒަލް ތައްޔާރުކުރުން.

- ކުދި އެސޯސިއޭޝަންތަކުގެ އިވެންޓްތައް ޕްރޮމޯޓްކުރުމަށް އެހީވެދިނުން.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އޮލިމްޕިކް ކޮމިޓީގެ އޮފީސް، ހ. ބޯޅަގެ، 2 ވަނަ ފަންގިފިލާއަށް، ސީވީ ހުށަހެޅުން އެދެމެވެ.

23 ރަބީއުލްއައްޥަލް 1437

03 ޖަނަވަރީ 2016
ހޯދާ