ދިވެހިރާއްޖެ
އެސްޓަބްލިޝްމަންޓް އޮފް ރީޖަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް އިން ޒޯން 1 (ހއ، ހދ. އެންޑް ށ. އެޓޯލް)
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)
ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'އެސްޓަބްލިޝްމަންޓް އޮފް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމް އިން ޒޯން 1 ' މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރާނެ 01 (އެކެއް) ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ބޭނުންވެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ރާވައި، ޕްރޮޖެކްޓް ޓީމާއި އަދި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ހިންގައި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ޕްރޮޖެކްޓް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލު ކޮށްފައިވުން.
ށ) ކުނި މެނޭޖް ކުރުމުގެ ދާއިރާއެއްގައި އުޅެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ނ) ޕްރޮޖެކްޓް ހިންގުމުގެ ދާއިރާއިން މަދުވެގެން 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، އަދި މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަރވިޝަން މަސައްކަތްތައް ހިމެނުން.
ރ) ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ބ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޅ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެ ގޮތުގައި -/25,000 ރުފިޔާއާއި -/30,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 18 ޖަނަވަރީ 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް،
ސޮލިޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3018329، 3018432