މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޗް.ސީ.އެފް.ސީ ގޭސް އެކުލެވޭ އިކުއިޕްމަންޓް ރާއްޖެ ގެނައުން މަނާކުރުން

އިޢުލާން

އެޗް.ސީ.އެފް.ސީ ގޭސް އެކުލެވޭ އިކުއިޕްމަންޓް ރާއްޖެ ގެނައުން މަނާކުރުން

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ"ގެ ދަށުން ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ފަދައިން ދިވެހިރާއްޖެއަށް ހައިޑްރޯކްލޯރޯފްލޯރޯކާރބަންސް (އެޗް.ސީ.އެފް.ސީ) ގޭސް 2020 ވަނަ އަހަރުގެ ނިޔަލަށް އެތެރެކުރުމާއި، ބޭނުންކުރުން މުޅިން ހުއްޓާލުމަށް މަގުފަހި ކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2015/41 (އޯޒޯން ފަށަލަ ޙިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ޤާނޫނު) ގެ ދަށުން 31 މޭ 2016 ވަނަ ދުވަހުން ފެށިގެން އެޗް.ސީ.އެފް.ސީ ގޭސް އެކުލެވޭ/ ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓް ފަދަ ތަކެތި ދިވެހިރާއްޖެއަށް ގެނައުމަކީ މަނާކަމެއް ކަމުގައި ހަމަޖައްސައިފީމެވެ. އަދި މިފަދަ މުދަލެއް ރާއްޖެ ގެނައުން މަނާކުރާ ތާރީޚަށްފަހު، ރާއްޖެ އެތެރެކޮށްފިނަމަ، އެތެރެކުރާ ފަރާތަކާމެދު ޤާނޫނު ނަންބަރު 2015/41 (އޯޒޯން ފަށަލަ ޙިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ޤާނޫނު) ގެ ދަށުން ކަނޑައެޅިފައިވާ އަދަބު ދެވޭނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016
ހޯދާ