އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފު ޓީޗަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ރިލީފު ޓީޗަރ

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މަޤާމުގެ ނަންބަރު: 

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އޮމަދޫ މަދަރުސާ، ތ. އޮމަދޫ

މުސާރަ: -/3030.25 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އިތުރުގަޑިއާއި އެހެނިހެން އެލަވަންސް: އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި މަޤާމުގެ މަސައްކަތަކާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވްންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

ސާނަވީ ތައުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން ނުވަތަ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.

2. ސްކީމާއި ލެސަން ޕްލޭން ހެދުމާއި، ޓީޗިން އެއިޑްސް ހެދުން.

3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ރޭވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަޒީފަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަން ޖެހޭ ތަނާއި، ސުންގަޑި:

2016 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރެވެނީ މެރިޓް އުސޫލުންކަމަށްވާތީ، އިންޓަރވިއު ކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. 

25 ރަބީޢުލްއައްޥަލް 1437
05 ޖަނަވަރީ 2016
ހޯދާ