މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ރާއްޖެތެރޭގެ އެކި ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން "ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ" ކޯހާއި، "އިލެކްޓްރިޝަން" ކޯހުގައި ކިޔަވައިދޭނެ މީހުން ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ މަޤާމް: ލެކްޗަރަރ

ބޭނުންވާ އަދަދު: 2 (ދޭއް) (1 ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ، 1 ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން)

މަސައްކަތް ކުރަންޖެހޭ ރަށް: ގއ. ވިލިނގިލި

ބޭނުންވާ ދާއިރާ:

- ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

- ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަކަށް (-/200 ރުފިޔާ)

ގިންތި: ވަގުތީ

ފެންވަރު/ޝަރުޠު: މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 4 ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތްތައް:

ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގއާއި އިލެކްޓްރިޝަންގެ ދާއިރާއިން މީހުން ތަމްރީނުކުރާ ކޯސްތަކުގައި ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                         

އިންޓަވިއު ކުރުން:

ހ. ޕާޓްޓައިމް ލެކްޗަރަރއިން ހޮވުމަށް އިންޓަވިއު އޮންނާނީ، 13 ޖަނަވަރީ 2016 އާއި 19 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ. ވިލިނގިލީ ކެމްޕަސްއަށެވެ. އީމއެިލް ކުރާނަމަ، މޯލްޑިވްސް ޕޮލިޓެކްނިކްގެ އީމެއީލް [email protected] އަށް ފޮނުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 11 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016
ހޯދާ