ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނަންބަރު 17/2011 ގެ 47 ވަނަ މާއްދާގެ ދަށުން ޤާއިމުކުރުމަށް މިއެޖެންސީއަށް ލާޒިމުކުރާ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ "ކުޑަކުދިންނަށް ޚާއްޞަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު" ކ.ހިންމަފުށީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
14 ޖަނަވަރީ 2016 |
ބުރާސްފަތި |
11:00 (މެންދުރުކުރި) |
އަންދާސީހިސާބު ހުށަހެޅުއްވުން |
24 ޖަނަވަރީ 2016 |
އާދީއްތަ |
11:00 (މެންދުރުކުރި) |
23 ރަބީޢުލްއައްވަލް 1437