އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

ޖީ. އެސް. 3 (އޮފިސަރ ގްރޭޑް 1)

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

-/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް ރުފިޔާ)

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް:

އަސާސީ މުސާރައިގެ 35%

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން، މާލެ

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • އޮފީހުގެ ރިސެޕްޝަނަށް ލިބޭ ސިޓީތަކާއި ލިޔެކިޔުންތައް އެންޓްރީކުރުމާއި، ސްކޭންކުރުމާއި، ސެކްޝަންތަކަށް ހަވާލުކުރުން.
  • އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުން.
  • ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހައި ފަރާތްތަކަށް ފޮނުވުން.
  • ސެކްޝަނަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި އެންޓްރީކުރުން.
  • ސެކްޝަންގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • އޮފީހުގެ އަހަރު ރިޕޯޓަށް ސެކްޝަނުން ބޭނުންވާ މައްސަލަތަކުގެ ސްޓޭޓަސްގެ ތަފްޞީލް ރިކޯޑް ބެލެހެއްޓުން.
  • "ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" މި ފޮތް ވިއްކުމާއި، ޤާނޫނުއަސާސީގެ އިނގިރޭސި ތަރުޖަމާގެ ފޮތް ވިއްކުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އޮފީހުގެ މީޓިންގތައް ބޭއްވުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.
  • އޮފީހުގެ ފަރާތުން ބާއްވާ ޖަލްސާ / ވަރކްޝޮޕްގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްތައްކުރުން.
  • އޮފީހުގެ ސިޔާސީ ބޭފުޅުންގެ އިދާރީ ކަންކަން ބެލެހެއްޓުން.
  • އޮފީހުގެ އައިޓީގެ މަސައްކަތްތަކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަމުން ގެންދިއުން.
  • އޮފީހުގެ ވެބްސައިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް، ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އޮފީހުން ބަލަހައްޓާ އެމްވީލޯ ވެބްސައިޓް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.   
  • ޕްރޮކިއުމަންޓް / މެއިންޓެނަންސްއާ ގުޅުންހުރި މަސައްކަތްތައް ބެލެހެއްޓުން.
  • އޮފީސް ޑިއުޓީއާއި އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.
  • މީގެ އިތުރުންވެސް، އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން:

- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- އައިޓީ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތާއި  ތަން:

2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން   ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަނިވި ލިޔެކިޔުންތަކާއެކު މި އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ؛
  3. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  7. ސިވިލް  ސަރވިސްއަށް / ސަރުކާރަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި އޮފީހުގެ 3010100 ނަންބަރު ފޯނާ ގުޅުމުން، މަޢުލޫމާތު ލިބޭނެއެވެ.

24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016
ހޯދާ