މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ވޮކޭޝަނަލް އިންސްޓްރަކްޓަރ (ފުޓްބޯޅަ އިންސްޓްރަކްޓަރ)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާ އޮތް އޮފީސް: މަރަދޫ ސްކޫލް، ސ. މަރަދޫ

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މުއްދަތު: 1 އަހަރުދުވަސް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، މަރަދޫ ސްކޫލް، ސ. މަރަދޫ

މުސާރަ:

ސަރވިސް

އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

 

1000.00 ރުފިޔާ

1500.00 ރުފިޔާ

1500.00 ރުފިޔާ

3100.00 ރުފިޔާ

3565.00 ރުފިޔާ

4000.00 ރުފިޔާ

ގްރޭޑް 7 ނިންމާފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސްކޫލްގެ ފުޓްބޯޅައިގެ ހަރަކާތްތައް ހިންގުން. 

މަޤާމުގެ ޝަރުޠު:

ގްރޭޑް 7 (ހަތެއް) ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމާފައިވުމާއި، ސްކޫލް ކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގެ ތަޖުރިބާ ލިބިފައިވުން.        

މަޤާމް: ޕިޒިކަލް އެޑިއުކޭޝަން ޓީޗަރ (ނެޓްބޯޅަ އިންސްޓްރަކްޓަރ)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާ އޮތް އޮފީސް: މަރަދޫ ސްކޫލް ، ސ. މަރަދޫ

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މުއްދަތު: 1 އަހަރުދުވަސް ނުވަތަ ދާއިމީ މުވައްޒަފަކު ލިބެންދެން.

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، މަރަދޫ ސްކޫލް، ސ. މަރަދޫ

ސަރވިސް

އެލަވަންސް (މަހަކު)

މުސާރަ (މަހަކު)

 

1000.00 ރުފިޔާ

1500.00 ރުފިޔާ

1500.00 ރުފިޔާ

3100.00 ރުފިޔާ

3565.00 ރުފިޔާ

4000.00 ރުފިޔާ

ގްރޭޑް 7 ނިންމާފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް

ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސްކޫލްގެ ނެޓްބޯޅަ ހަރަކާތްތައް ހިންގުން.                                                                            

މަޤާމުގެ ޝަރުޠު:                                                                                            

ގްރޭޑް 7 (ހަތެއް) ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމާފައިވުމާއި، ސްކޫލް ކުދިންނަށް ނެޓްބޯޅަަ ދަސްކޮށްދިނުމުގެ ތަޖުރިބާ ލިބިފައިވުން.        

މަޤާމް: ވޮކޭޝަނަލް އިންސްޓްރަކްޓަރ (ކެޑޭޓް އިންސްޓްރަކްޓަރ)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާ އޮތް އޮފީސް: މަރަދޫ ސްކޫލް، ސ. މަރަދޫ

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މުއްދަތު: 1 (އެކެއް) އަހަރުދުވަސް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، މަރަދޫ ސްކޫލް، ސ. މަރަދޫ

ވޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސްކޫލްގެ ކެޑޭޓް ހަރަކާތްތައް ހިންގުން.

މަޤާމުގެ ޝަރުޠު:

  1. ގްރޭޑް 10 ނިންމާފައިވުމާއި، ކެޑޭޓް އިންސްޓްރަކްޓަރ ކޯސް ނިންމާފައިވުން.
  2. ކެޑޭޓް ކުދިން ގެންގުޅުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، އިއުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަރަދޫ ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަރަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަރަދޫ ސްކޫލުގެ 6890685 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ރަބީޢުލްއައްޥަލް 1437

05 ޖަނަވަރީ 2016
ހޯދާ