ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަކު ބޭނުންވެއްޖެ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :2

އިޢުލާން

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ.1

އަދަދު: 2

މުސާރަ: 3240.00ރ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން:  އެޑުމިނިސްޓުރޭޝަން / އެސް.ޓީ.އޯ ހެޑު އޮފީސް

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް:  1350.00ރ އާއި 2400.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްޢޫލިއްޔަތު:

- ހެޑު އޮފީސް ފޮޅައި ސާފުކުރުން

- ލިޔެކިޔުންތައް އެކިއެކި ފަރާތްތަކަށް ރައްދުކޮށްދިނުން.

- މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

- ގުރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން.

- މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:33344333، 3344273 ފެކުސް:  3344341    ވެބްސައިޓު: www.sto.mv

24 ރަބީޢުލްއައްވަލް 1437

 

04 ޖަނަވަރީ 2016
ހޯދާ