މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މަރަދޫފޭދޫ ސްކޫލުގެ އޮފީސް ބްލޮކް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.       

މި ސްކޫލުގެ އޮފީސް ޢިމާރާތުގައި ފެންބޮޑުވެ ހަލާކުވެފައިވާތީ، އެޢިމާރާތް ހުރި ތަންތަނުގައި އައުއޮފީސް ޢިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން 13 ޑިސެންބަރު 2015 އާ ގުޅިގެން އެކަށީގެންވާ އަދަދަށް އެކި ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އޮފީސް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ދިނުން: 13 ޖަނަވަރީ 2016 (ބުދަ) ގަޑި މެންދުރުފަހުގެ 1:00ގައި

* އަންދާސީހިސާބު ހުށަހެޅުން: 18 ޖަނަވަރީ 2016 (ހޯމަ) ގަޑި މެންދުރުފަހުގެ 1:00 އަށް

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

04 ޖަނަވަރީ 2016
ހޯދާ