ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ބީ-ޓެކް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެ.

މަޤާމު: ބީ-ޓެކް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)   

މަޤާމުގެ ނަންބަރު:  -

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

ސަރވިސް އެލަވަންސް: -

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ ސްކޫލް، ތ. ކިނބިދޫ

މުސާރަ:

  1. މުސާރައިގެގޮތުގައި -/5780 ރުފިޔާއާއެކު، -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.
  2. އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލު 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. ނުވަތަ؛  

3- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގުރޭޑް  ލިބިފައި،  އޭގެ  އިތުރުން،  ސެކެންޑަރީ  ސްކޫލް  ސެޓުފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކަރިކިއުލަމް ވޯރކްޝޮޕުގައި ބައިވެރިވެ، ތަމްރީނުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.
  2. ސްކީމާއި ލެސަން ޕްލޭން ހެދުމާއި، ޓީޗިންގ އެއިޑްސް ހެދުން.
  3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.
  4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ރޭވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަޒީފަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަން ޖެހޭ ތަނާއި ސުންގަޑި:

2016 ޖަނަވަރީ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކިނބިދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780095 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން އެ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016
ހޯދާ