ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓު ޑުރައިވަރަކު ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓު ޑުރައިވަރު
ބޭނުންވާ އަދަދު :1

އިޢުލާނު

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓަންޓް ޑުރައިވަރު (ވެސަލް)

އަދަދު: 01

ކޮންޓްރެކްޓު މުއްދަތު: 12 މަސްދުވަސް

އަސާސީ މުސާރަ:  4,000.00ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯގެ އަމިއްލަ އުޅަނދުފަހަރުގައި ނުވަތަ މެނޭޖުކުރާ އުޅަނދުފަހަރުގައި

އެހެނިހެން ޢިނާޔަތްތައް:

- ކޮންޓްރެކްޓު އެލަވަންސް: 800.00ރ

- ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: 350.00ރ

- ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

- ކުންފުނިން އަންގާ ގޮތަށް ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ދަތުރުކުރުން

- ބޯޓާއި، ފަޅުވެރިންބެލެހެއްޓުން

- މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި، ތިމާވެއްޓަށް ގެއްލުންނުވާނޭހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން

ތަޢުލީމާއި ތަޖުރިބާ:

- އެފް ކެޓެގަރީ ޑުރައިވިންގ ލައިސަންސް އޮތުމާއިއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން

- ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން

- މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުންެ

 ސުންގަޑި

-  މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

-  އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް
  • ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
  • ފޯން:3344272  ފެކްސް:  3344341    ވެބްސައިޓު: www.stomaldives.com

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016
ހޯދާ