ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެ.

މަޤާމު: ރިލީފު ޓީޗަރ

ބޭނުންވާ އަދަދު: 3 (ތިނެއް)   

މަޤާމުގެ ނަންބަރު:  -

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

ސަރވިސް އެލަވަންސް: -

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކިނބިދޫ ސްކޫލް، ތ. ކިނބިދޫ

މުސާރަ:

  1. ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރުންނަށް މުސާރައިގެގޮތުގައި -/3400ރުފިޔާއާއެކު -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.
  2. ސާނަވީ ތައުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރުންނަށް މުސާރައިގެގޮތުގައި 3030.25 ރުފިޔާއާއެކު -/1500 ރުފިޔާގެ ސަރވިސް އެލަވަންސެއް ލިބޭނެ.
  3. އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

ސާނަވީ ތައުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވުން ނުވަތަ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

ނޯޓް: ކަރިކިއުލަމް ވޯރކްޝޮޕުގައި ބައިވެރިވެ ތަމްރީނުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.
  2. ސްކީމާއި ލެސަން ޕްލޭން ހެދުމާއި، ޓީޗިން އެއިޑްސް ހެދުން.
  3. ޓެސްޓްޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.
  4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ރޭވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު.

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

3- ވަޒީފަށްއެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް.    

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަން ޖެހޭ ތަނާއި ސުންގަޑި:

2016 ޖަނަވަރީ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ކިނބިދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780095 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން،  މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016
ހޯދާ