ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ތިނަދޫފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ތިނަދޫފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެެއެވެ.

އެސްޓީއޯ ތިނަދޫ ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް              ގދ. ތިނަދޫ އެސް.ޓީ.އޯ ފިހާރައިން ވިއްކާ ކާޑު ( ހަނޑޫ، ހަކުރު އަދި ފުށް ) އަމިއްލަ ވެހިކަލާއި މީހުން  ބޭނުންކޮށްގެން ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2016 ޖަނަވަރީ 14 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެސްޓީއޯ ތިނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖަނަވަރީ 17 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ޖަނަވަރީ 18 ވަނަ ދުވަހުގެ 15:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ޖަނަވަރީ 21 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. 2016 ޖަނަވަރީ 25ވަނަ ދުވަހުގެ ކުރިން ސުވާލުތަކަށް ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް:         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 01 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3012224، 3344180

ފެކުސް:  3344633

އީމެއިލް: [email protected]

25 ރަބީޢުލްއައްވަލް 1437

05 ޖަނަވަރީ 2016
ހޯދާ