ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތިތެރެއާއި މިނޫނަސް ހޮސްޕިޓަލުގެ ގޯތިތެރޭގައި ހިމެނޭ ބައެއް ތަންތަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން މިކަމަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވޭނީ އިސްވެދެންނެވި ތާރީޚުގެ ސުންގަޑި ހަމަވުމުގެ ކުރިން މިކަމަށް އެދި ސިޓީ ފޮނުވާ ފަރާތްތަކުގެ ތެރެއިން، 17 ޖަނަވަރީ 2016ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މި ބީލަމާބެހޭ ލިޔުންތައް ނަންގަވާ ފަރާތްތަކަށެވެ. ބީލަން ދޫކުރެވޭނީ ޕްރިންޓް ކޮށްފައެވެ.

ބީލަމުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 20 ޖަނަވަރީ 2016ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 26 ޖަނަވަރީ 2016ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހަޅުއްވާއިރު ހުރިހާ ލިޔުމެއްގެ އަސްލާއެކު އިތުރު ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރައްވަންވާނެއެވެ.

                 ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

                 އައްޑޫ ސިޓީ / ދިވެހިރާއްޖެ

ޓެންޑަރ ކުރެވިފައިވާ މަސައްކަތް ހަވާލުކުރާނެ ފަރާތެއް އެކަށައެޅުމުގައި ތިރީގައި މިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ-

ހުށަހަޅާ ޕްރޮޕޯޒަލް (މަސައްކަތް ކުރިއަށްގެންދާނެގޮތުގެ ލިޔުންތައް)

20 ޕޮއިންޓް

ށ-

ނ-

ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާއާއި ފަންނީ ގާބިލުކަން

ބީލަން ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން                      

20 ޕޮއިންޓް

20 ޕޮއިންޓް

ރ-

މަސައްކަތް ކުރުމަށް ހުށަހަޅާ އަގު

40 ޕޮއިންޓް

 

ޖުމްލަ ޕޮއިންޓް

100 ޕޮއިންޓް

25 ރަބީޢުލްއައްވަލް 1437

05 ޖަނަވަރީ 2016
ހޯދާ