މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހޯލެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިނިސްޓްރީގެ ނަންބަރު (IUL)23/23/2015/34 އަދި (IUL)23/23/2015/36 ނަންބަރުން ކުރި ދެ އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮގްރަފިކް ހެލްތު ސާރވޭގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހޯލެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. (މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.)

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

07 ޖަނަވަރީ 2016

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށެހެޅުން

14 ޖަނަވަރީ 2016

ބުރާސްފަތި

11:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3014335 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1437  

31 ޑިސެންބަރު 2015
ހޯދާ