ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ރިލީފްޓީޗަރުން ހޯދުން:

މި ސްކޫލުގައި ރިލީފްޓީޗަރުންގެގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

  1. ރިލީފް ޓީޗަރުންގެ ގޮތުގައި މިފަހަރު ނެގުމަށް ހަމަޖެހިފައިވަނީ، 2 ޓީޗަރެވެ. ނަމަވެސް ޓީޗަރުންގެ ދަތިކަން ހުރި މިންވަރަށް ބަލައި މިއަށްވުރެ އިތުރުވުން ނުވަތަ މަދުވުން އެކަށީގެންވެއެވެ.
  2. ރިލީފް ޓިޗަރުން ނެގުމުގައި އައު ކަރިކިޔުލަމާ ގުޅޭ ވަރކްޝޮޕެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މިގޮތުން، އެފަދަ ފަރާތެއް ހުރިނަމަ، އެނޫން ފަރާތްތަކަށް ފުރުޞަތެއް ނުދެވޭނެއެވެ.
  3. ރިލީފް ޓީޗަރުން ނެގޭނީ، ޓީޗަރުން ނެގުމުގައި ބޭނުންކުރާ A2 ފޯމްގައިވާގޮތަށް ޕޮއިންޓްދީގެންނެވެ.
  4. ރިލީފް ޓީޗަރުން ނެގޭނީ ގިނަވެގެން 3 މަސްދުވަހަށެވެ.
  5. ރިލީފް ޓީޗަރުންގެ މަޤާމަށް ޝަރުޠު ހަމަވުމާއި މުސާރަ ދިނުމުގައި ބަލާނީ ތިރީގައިމިވާ މިންގަނޑަށެވެ.
  6. ހަމައެކަނި ގްރޭޑް 7 ނިންމާފައިވާނަމަ، މުސާރަ -/3،100 ރުފިޔާ، އެލަވަންސް -/1،000 ރުފިޔާ، ޖުމްލަ -/4،100 ރުފިޔާ.
  7. ހަމައެކަނި ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވަނަމަ، މުސާރަ -/3،565 ރުފިޔާ، އެލަވަންސް -/1،500 ރުފިޔާ، ޖުމްލަ -/5،065 ރުފިޔާ.
  8. ސާނަވީ އިމްތިޙާނުން ދިވެހި މާއްދާގެ އިތުރުން 2 މައްދާއިން ފާސްވެފައިވާނަމަ،  މުސާރަ -/4،000 ރުފިޔާ، އެލަވަންސް -/1،500 ރުފިޔާ، ޖުމްލަ -/5،500 ރުފިޔާ.
  9. ޑިޕްލޮމާ ލެވެލުން ފެށިގެން މަތީގެ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ، ޓީޗަރުންގެ އައު އޮނިގަނޑާ އެއްގޮތަށް މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވީމާ،  ރިލީފްޓީޗަރުންގެ  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކޮށް،  އޭގައިވާ  ލިޔެކިޔުމާއި  ތަކެތި  ހަމަކޮށް،  8  ޖަނަވަރީ  2016  ގެ  13:00  ގެ  ކުރިން،  ސްކޫލުގެ  އޮފީހަށް  ހުށަހެޅުން  އެދެމެވެ.  ވަޒީފާއަށް  އެންމެ  ޤާބިލް  ފަރާތެއް  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ،  8  ޖަނަވަރީ  2016  ގެ  13:00  ގައި  ދޮންފަނު  ސްކޫލުގައެވެ.  މި  އިންޓަވިއުގައި  ބައިވެރިނުވާ  ފަރާތްތަކަށް  އިންޓަވިއުގެ  ބަޔަށް  ޕޮއިންޓެއް  ނުދެވޭނެއެވެ.

19 ރަބީޢުލްއައްޥަލް 1437

30 ޑިސެންބަރު 2015
ހޯދާ