ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެފިލިއޭޓަޑް ޕާޓްނަރެއް ހޯދަން

އެކްސްޕްރެޝަން އޮޕް އިންޓަރެސްޓް ހުށަހެޅުން

އެސްޓީއޯގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ރެޑިސަން ހޮޓެލް ޕްރޮޖެކްޓަށް އެފިލިއޭޓަޑް ޕާޓްނަރެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމާބެހޭ ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް، އެސްޓީއޯގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ރެޑިސަން ހޮޓެލް ޕްރޮޖެކްޓަށް އެފިލިއޭޓެޑް ޕާޓްނަރެއް ހޯދަން ބޭނުންވެެއެވެ. 

މަސައްކަތް:           އެސްޓީއޯގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ރެޑިސަން ހޮޓެލް ޕްރޮޖެކްޓަށް އެފިލިއޭޓަޑް ޕާޓްނަރެއް ގޮތުގައި މަސައްކަތްކުރުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ މުއްދަތު:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 2016 ޖަނަވަރީ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ތިރީގައިވާ ގޮތަށް އެޑްރެސްކޮށް އީ.އޯ.އައި ހުށަހަޅަންވާނެއެެވެ.

މުސްލިޙް މަސީޙް

ޖެނެރަލް މެނޭޖަރ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

އެސްޓީއޯ ހެޑްއޮފީސް ، 6 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނުމަގު، މާލެ 20345

ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344333

ފެކުސް: 3344511

އެކްސްޕްރެޝަން އޮފް އިންޓްރެސްޓްގެ ކަރުދާސް ދޫކުރުން:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އީ.އޯ.އައި ކަރުދާސް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ހުޅުވާލަމެވެ.

ހުށަހަޅުއްވާ ލިޔެކިޔުންތައް ބަންދު ކުރެވިފައި ހުންނަންވާނީ ސާފުކޮށް އެނގޭނެހެން އިނގިރޭސި އަކުރުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް – އެފިލިއޭޓަޑް ޕާޓްނަރ ފޮރ ޑިވެލޮޕްމަންޓް އޮފް ރެޑިސަން ހޮޓެލް – ހުޅުމާލެ / މޯލްޑިވްސް ލިޔެފައި އޮންނަންވާނެއެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓްގެ ކަރުދާހުގައި ބަޔާންކޮށްފައިވާ ތާރީޚަށްފަހު ހުށަހަޅާ ޑޮކިއުމެންޓްތައް ބަލައިނުގަނެވޭނެ ވާހަަކަ ދަންނަވަމެވެ. އަދި އީ.އޯ.އައި ކަރުދާހުގައި ބަޔާންކޮށްފައިވާ "ކޮމްޕޮޒިޝަން އޮފް އީ.އޯ.އައި" ގެ މިންގަނޑުތަކަށް ނުފެތޭ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ.

ސުވާލާއި ޖަވާބު ފޮނުވުން:

އީ.އޯ.އައި ކަރުދާހާބެހޭ ސުވާލުތައް 2016 ޖަނަވަރީ 04 ވަނަ ދުވަހުގެ 21:00 ގެ ކުރިންް ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް ފޮނުއްވަންވާނެއެވެ. އަދި ސުވާލުތަކުގެ ޖަވާބު 2016 ޖަނަވަރީ 05 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ފަރާތްތަކަށް ފޮނުވޭނެއެވެ.

ޢަޙްމަދު ނާޝިދު

ސީނިއަރ މެނޭޖަރ

ޕްރޮކިއުމެންޓް ޑިޕާޓްމަންޓް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ

[email protected]

[email protected] 

އެސްޓީއޯ ހެޑްއޮފީސް

ބޮޑުތަކުރުފާނުމަގު، މާލެ 20345

ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344288 960+ , 3344431 960+

މުޙައްމަދު އިޙްސާން ވަޙީދު

ސީނިއަރ މެނޭޖަރ

ބިޒްނަސް ޑިވިލޮޕްމެންޓް ޑިޕާޓްމަންޓް

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ

[email protected]                  

އެސްޓީއޯ ހެޑްއޮފީސް

ބޮޑުތަކުރުފާނުމަގު، މާލެ 20345

ދިވެހިރާއްޖެ

ފޯނު ނަންބަރު: 3012545 960+

24 ޑިސެންބަރު 2015
ހޯދާ