ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

އިޢުލާން

ދޫނޑިގަން ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ

ފެބުރުވަރީ 2016 އިން ޑިސެންބަރު 2016 އަށް ކޮންޓްރެކްޓް އުސޫލުން ދޫނޑިގަން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 09:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައަކަށްލައި އެފަރާތެއްގެ ނަން ޖަހާފައެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ދަންނަވާފައިވާ ގޮތަށެވެ.

1- އަގު: 60 ޕޮއިންޓް

   މިބަޔަށް ޕޮއިންޓް ދެވޭނީ އެކަށީގެންވާ ކުޑަ އަގު ހުށަހަޅާ ފަރާތްތަކަށް ގިނަ ޕޮއިންޓް ދޭ އުސޫލުންނެވެ.

2- އަންދާސީހިސާބު: 30 ޕޮއިންޓް

   މިބަޔަށް ޕޮއިންޓް ދެވޭނީ ދިވެހިންނަށް ވަޒީފާ ދިނުމާއި، އިދާރާގެ ސާފުތާހިރުކަމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފެންވަރު އަންދާސީހިސާބުގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ. އަދި އިޖްތިމާޢީގޮތުން ދޫނޑިގަމަށް ކޮށްދޭނެ ކަންތައްތައް އަންދާސީހިސާބުގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ.

3- އިތުބާރު: 10 ޕޮއިންޓް

   މިބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތުގެ ލިޔުންތައް ހުށަހަޅާފައިވާނަމަ އެފަދަ ލިޔުންތަކާއި ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެންނެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015
ހޯދާ