ދިވެހިރާއްޖެ
އިޢުލާން
ފުވައްމުލަކު އެއަރޕޯޓްގައި 2 ޑްރޮޕްއާމް ހަރުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2016 (ބުދަ) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖަނަވަރީ 2016 (ބުރާސްފަތި) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
16 ރަބީޢުލްއައްވަލް 1437