މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

2016 ވަނަ އަހަރު ޕްރީސްކޫލް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދިނުމާބެހޭ

މި ސްކޫލު ޕްރީސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު GS69/BUDGET/2015/11 (21 ޑިސެންބަރު 2015) ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލު ޕްރީސްކޫލް ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

28 ޑިސެންބަރު 2015
ހޯދާ