އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:       ޑިރެކްޓަރ

މަޤާމުގެ ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުގެ މުވައްޒަފުންގެ ދުވަހުން ދުވަހަށް ޙައްލުކުރަންޖެހޭ މައްސަލަތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަސައްކަތް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ކަންކަން ރާވައި ތަރުތީބުކޮށް ހިންގުން.
  3.  މުޅި މުއައްސަސާއަށް މިހާރުން މިހާރަށް ކުރިމަގަށް ވިސްނައިގެން އިތުރަށް ތަރައްޤީކުރަން މަސައްކަތްކުރުން.
  4. މި ހޮސްޕިޓަލުގެ މުވައްޒަފުންގެ ކައުންސިލިންގ އެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުން.
  5. ހޮސްޕިޓަލުގެ ތަޞައްވުރަށް އިންސާނީ ވަސީލަތް ބިނާކުރުމާއި، މުވައްޒަފުން ހޯދުމަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.

 

 

 

ތަޢުލީމާއި ތަޖުރިބާ:

 

 

 

1. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ބެޗްލަރސް އޮފް ކޮމާރސް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް  ނުވަތަ ހިއުމަން ރިސޯސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  4. 100 އަށްވުރެ ގިނަ މުވައްޒަފުން 5 އަަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ބަލަހައްޓާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

ކްލިނިކަލް ނަރސް

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން:   ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް / ސެކްޝަން

ނަރސިންގ ޑިޕާޓްމަންޓް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

01- ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައްް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ، އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

02- ބަލިމީހުންނަށް  ދިމާވާ  އާދަޔާޚިލާފް  ކަންތައްތައް  ޑޮކްޓަރުންނަށް  ރިޕޯޓްކުރުމާއި،  ރިފަރކޮށްފައިތިބޭ މީހުން، އެ ޑޮކްޓަރަކަށް އެންގުން.

03-  ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިބޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.

04- ދިމާވާ އިމަޖެންސީތައް ކަމާބެހޭ ޑޮކްޓަރުންނަށް ވަގުތުން އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.

05- ބަލިމީހުންނާބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއިި، ހޮސްޕިޓަލުގެ ލެބޯޓްރީއާއި، އެކްސްރޭ ފަދަ އެހެނިހެން ޑިޕާޓްމަންޓްތަކާ ދެމެދު މުވާސަލާތު ހިންގުން.

06- ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގއާބެހޭ ކަންތައްތައް ޙައްލުކުރުމާއި، އެހެން ކަންތައްތައް ކޯޑިނޭޓަރަށް އެންގުންް.

07- ފެކަލްޓީ އޮފް ހެލްތު ސައިިންސަސްއިން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ޢަމަލީބައިގެ ތެެރެއިން ހޮސްޕިޓަލުގައި ހިންގާ ބައިތައް ސުޕަވައިޒްކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

  1. ނަރސިންގ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ސީނިއަރ ރެޖިސްޓަރޑް ނަރސްގެއެއްގެގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. އަދި؛
  • ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރު ދުވަހުގެ އެވްރެޖް %80 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. އަދި؛
  • މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު، ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި؛
  • އަޚްލާޤީ  (ޑިސިޕްލިން)  އެއްވެސް  މައްސަލައެއް  އަދި  މެޑިކަލް  ނެގްލިޖެންސްގެ  އެއްވެސް މައްސަލައެއް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރެކޯޑްކުރެވިފައި ނެތުން.

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

1. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓްގެ ކޮޕީ)

4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ.

ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނުކަމުގެ ލިޔުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާނެއެވެ. (ނަރުހުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަން ލައިސަންސް ހުށަހަޅަންވާނެއެވެ.)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯންނަންބަރު އޮންނަންވާނެއެވެ.)

7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

9. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

(2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

ފޯމް ބަލައިގަތުމާއި ދޫކުރުން

2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 އިން މެންދުރުފަހު 13.30 އަށް  މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

17 ރަބީޢުލްއައްޥަލް 1437

 

21 ޑިސެންބަރު 2015
ހޯދާ