ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިރެކްޓަރ

މަޤާމު:

އީ. އެކްސް. 1 / ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ 

އޮފީސް / އިދާރާ:

 -

ސެކްޝަން:

މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ، ށ. މަރޮށި

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

8,835.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

1. އިދާރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޮފީހުގެ އެންމެހައި ކަންކަމާ ގުޅޭގޮތުން ދިރާސާކޮށް، އަތޮޅު ޒިންމާދާރު ވެރިޔާއަށާއި، ކައުންސިލަށް ލަފާ އެރުވުން.

2. އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް، އިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި، އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.

3. އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި ގަވާއިދުތައް އެކުލަވައިލުން.

4. އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، ޢަމަލުކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި އުސޫލުތައް އަންގައިދީ، އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތް ބައްޓަންކޮށް، މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސުޕަވައިޒްކުރުން.

5. އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދައި ތަމްރީންކުރުމާއި، މުވައްޒަފުން ރިޓެއިންކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

6. އިދާރާގެ މަސައްކަތް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދުމާއި، އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުން.

7. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް، ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު: %30

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 10

- ލިބިފައިވާ ހުނަރު

  1. އިންޓަވިއުއާއި ޕްރެޒެންޓޭޝަން: %30
  2. އިމްތިޙާނު: %30

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމް  (މި  ފޯމު،  މި  ކޮމިޝަނުގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު  ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުގައިވާ)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ  އިދާރާތަކުން  ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 2016 ޖަނަވަރީ 19 އާއި 2016 ފެބުރުވަރީ 6 އާ ދެމެދު، ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު،  މި  ވަޒީފާއަށް  ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަވިއުއަށާއި، އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއުއާއި،  އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

- ޖުމްލަ އިންސައްތަ %35

- އިމްތިޙާނުން މަދުވެގެން ލިބެންޖެހޭ އިންސައްތަ: ކޮންމެ ކަރުދާހަކުން %33

(% 33 ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަވިއުއެއް ނުކުރެވޭނެއެވެ.)

ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސުން މަދުވެގެން ލިބެންޖެހޭނެ މާކްސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވަހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އުޖޫރައާއި ޢިނާޔަތްތައް:

- އެޑްމިނިސްޓްރޭޝަން  ނުވަތަ  މެނޭޖްމަންޓް  ނޫން  ދާއިރާތަކުން  އަތޮޅު  ނުވަތަ  ރަށު ކައުންސިލްގެ  އިދާރާގެ  ސިވިލް  ސަރވިސްގެ  އިސް  މަޤާމުތަކަށް  ޝަރުޠު  ހަމަވެގެން ނަގާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.

- އިމްތިޙާނުގެގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބޭ ފަރާތްތަކާ އިންޓަވިއުއެއް ނުކުރެވޭނެއެވެ.

- "މަޤާމަށް އެދޭ މީހުން ސްކްރީންކުރުމާއި، ޝޯޓްލިސްޓްކުރުމާއި، ހޮވުމާއި، ޢައްޔަންކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެއެވެ.     

 

 

ނޯޓް:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  3307334  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ،  3303648  އެވެ.  އީ-މެއިލް  ކުރާނީ،  [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

17 ރަބީޢުލްއައްޥަލް 1437

28 ޑިސެންބަރު 2015
ހޯދާ