މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ ލޭބަރުން ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ބިދޭސީ ލޭބަރުން ގެނެސްދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރުމަށް ރާއްޖޭން ބޭރުން ލޭބަރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ރަސްގެ އޮޑި މާލަމުގައެވެ.

މަޢުލޫމާތު ދިނުން

2015 ޑިސެންބަރު 29 ވާ އަންގާރަދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2016 ޖަނަވަރީ 03 ވާ އާދީއްތަދުވަހުގެ 13:00

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2015
ހޯދާ