ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައިވާ މަސައްކަތް އަންދާސީހިސާބު އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

  • 1 ފާޚާނާ ޢިމާރާތްކުރުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2015 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޑިސެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 12:00 އަށް 6600314 ނަންބަރު ފޯނާއެވެ.

12 ރަބީޢުލްއައްވަލް 1437

23 ޑިސެންބަރު 2015
ހޯދާ