މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް 1 ފާޚާނާ އިމާރާތްކުރުން

އިޢުލާން

ޕްރީސްކޫލް 1 ފާޚާނާ އިމާރާތްކުރުން

މި ސްކޫލުގެ ޕްރީސްކޫލުގެ ދަރިވަރުން ބޭނުންކުރުމަށް ފާޚާނާއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 1 ފާޚާނާ އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖަނަވަރީ 2016 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ޖަނަވަރީ 2016 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ރަބީޢުލްއައްވަލް 1437

24 ޑިސެންބަރު 2015
ހޯދާ