މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:                   ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ލީގަލް ޑިޕާޓްމަންޓް

އަސާސީ މުސާރަ:             -/7800ރ. - -/8800ރ

ސަރވިސް އެލަވަންސް:          -/1500ރ.

އެޑިޔުކޭޝަނަލް އެލަވަންސް:       ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40    

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ލީގަލް އެފެއާޒް ޑިޕާޓްމަންޓް/ އެމްޓީސީސީ ޓަވަރު

ޝަރުޠު:                  ޑިގްރީ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއް ފެންވަރަށް އެކްރެޑިޓް ކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގައި 1-2 އަހަރުދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވުން.  ނުވަތަ

                       ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއްފެންވަރަށް އެކްރެޑިޓް ކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގައި 3-5 އަހަރުދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވުން.

                       ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކޯޕަރޭޓް ބިޒްނަސް މާހައުލެއްގައި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލައި ޤާނޫނީ ލަފާ ދެއްވޭނެ ފަރާތެއްކަމުގައިވުން.

                       އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރެއްވޭނެ ފަރާތެއްކަމުގައިވުން.

                       މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

                       ލީޑަރޝިޕް ހުނަރާއި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:     ކުންފުނީގެ ލީގަލް ދާއިރާގެ މަސައްކަތް މެނޭޖްކޮށް ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ލަފާދެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބިލައްވާނެއެވެ.

 

މަޤާމު:                   ސީނިއަރ މާރކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:              01

ޑިޕާޓްމަންޓް:                ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ:              -/7800ރ.

ސަރވިސް އެލަވަންސް:           -/2000ރ.

ފިކްސްޑް އެލަވަންސް:            އަސާސީ މުސާރައިގެ %20

އެޑިޔުކޭޝަނަލް އެލަވަންސް:         ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް:       އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން:         ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/ އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު:                    ބެޗްލަރސް ޑިގްރީ އިން މާރކެޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓް ހާސިލުކޮށްފައިވުމާއެކު މި ދާއިރާގައި މަދުވެގެން 2-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

                         މާރކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރުން އަދި ޓެކްނިކަލް މާރކެޓިންގއާއި ސެލިންގގެ ހުނަރު ލިބިފައިވުން.

                         ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

                         އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                         މާރކެޓިންގ އަދި ސޭލްސް އެކްޓިވިޓީ ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.

                         ޓެކްނިކަލް ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.

                         މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                         މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:      ޑިޕާޓްމަންޓްގެ ލަނޑުދަޑިތައް ހާސިލުކުރުމަށް ބޭނުންވާ އެހީތެރިކަށް ފޯރުކޮށްދިނުން؛ މާރކެޓިންގ ސްޓްރެޓެޖީސް ތަރައްޤީކޮށް ފުޅާކޮށް ކުރިއަށް ގެންދިޔުން؛ ކަސްޓަމަރުންގެ ބޭނުންތައް ދިރާސާކޮށް މާރކެޓިންގ އަދި ސޭލްސް މަސައްކަތް ރާވައި ހިންގުން

 

މަޤާމު:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                01

ވަޒީފާގެ ބާވަތް:                ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:                  ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:               -/6600ރ.

ސަރވިސް އެލަވަންސް:            -/1500ރ.

ފިކްސްޑް އެލަވަންސް:             އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:        ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:          ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                     ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރުމާއެކު މިމަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

                          އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން

                          މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން

                          އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

                          މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:       ޑިޕާޓްމަންޓްގެ އެންމެހާ އިދާރީ މަސައްކަތްކުރުން އަދި މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

 

މަޤާމު:                      ގްރެފިކްސް ޑިޒައިނަރ

ބޭނުންވާ އަދަދު:                01

ވަޒީފާގެ ބާވަތް:                ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:                  ސޭލްސް އެންޑް މާރކެޓިންގް ޑިޕާޓްމަންޓް

އަސާސީ މުސާރަ:               -/6600ރ.

ސާރވިސް އެލަވަންސް:            -/1500ރ.

ޓެކްނިކަލް އެލަވަންސް:            -/2000ރ.

ފިކްސްޑް އެލަވަންސް:             އަސާސީ މުސާރައިގެ %20

ޑިއުކޭޝަނަލް އެލަވަންސް:           މަޤާމާ ގުޅުންހުރި ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20،

                         ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް:        ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:          ސޭލްސް އެންޑް މާރކެޓިންގް ޑިޕާޓްމަންޓް/ހ.ސޯމިލް                         

ޝަރުޠު:                     ފޮޓޯޝޮޕް ނުވަތަ އެކި ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

                         ވީޑިއޯ އަދި 2D އެނިމޭޝަން ސޮފްޓްވެއަރ ބޭނުންކުރުމުގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

                         ޑިޕްލޮމާ އިން ގްރެފިކްސް ޑިޒައިން ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

                         މާރކެޓިންގ ސްޓްރެޓެޖީސް ބޭނުންކޮށްގެން ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ހުނަރު ލިބިފައިވުން.

                         ގްރެފިކްސް މަސައްކަތް ކުރުމުގެ ހުނަރު އަދި މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް (ވާރޑް، އެކްސެލް، ޕަވަރޕޮއިންޓް، ކޮރަލް ޑްރޯ) ފަރިތަވުން.

                         މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                         އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                         މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:       ކޮމާރޝަލް އަދި ޕްރޮމޯޝަނަލް ބޭނުންތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކޮށް ތައްޔާރުކުރުން. މީގެ އިތުރުން ޑިޕާޓްމަންޓްގެ ސޭލްސް މަސައްކަތް ރަނގަޅު ކުރުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުމާއި ޕްރޮޑަކްޓްސް ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އުޅުން.

 

މަޤާމު:                     މެކޭނިކަލް އިންޖިނިއަރ

ބޭނުންވާ އަދަދު:                02  

ވަޒީފާގެ ބާވަތް:                ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)          

ޑިޕާޓްމަންޓް:                  ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:           -/7800ރ.

ސަރވިސް އެލަވަންސް:            -/2000ރ.

ޓެކްނިކަލް އެލަވަންސް:            -/2500ރ.

ފިކްސްޑް އެލަވަންސް:             އަސާސީ މުސާރައިގެ %20

އެޑިޔުކޭޝަނަލް އެލަވަންސް:          އަސާސީމުސާރައިގެ %40   

އެހެނިހެން އެލަވަންސް/އިނާޔަތް:       ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު:                    ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.

                         މަދުވެގެން 02 އަހަރުދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

                         ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                         ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.

                         ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

                         މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

                         ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

                         މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:      ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް ކޯޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.

 

މަޤާމު:                    ނެޓްވާރކް ޓެކްނީޝަން 

ބޭނުންވާ އަދަދު:               01

ވަޒީފާގެ ބާވަތް:               ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                 އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮގީ ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:          -/5500ރ. – -/6200ރ

ސަރވިސް އެލަވަންސް:           -/1000ރ

ޓެކްނިކަލް އެލަވަންސް:           -/1500ރ

އެޑިޔުކޭޝަނަލް އެލަވަންސް:        ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:      ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން:        އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:                   ޑިޕްލޮމާ އިން އައިޓީ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

                       ސީ.ސީ.އެން.އޭ ނުވަތަ ކޮމްޕް ޓިއާ ނެޓްވާރކްގެ ތަޖުރިބާ ލިބިފައިވުން.

                       ނެޓްވާރކް މަސައްކަތްކުރުމުގެ ތަޖުރިބާ؛ ޕީ.ސީ އޮޕަރޭޓިންގ، ހާރޑްވެއަރ އަދި ނެޓްވާރކް ސްވިޗިންގ މަސައްކަތް، ރައުޓަރ، ކޭބަލް ކުރުމާއި ކޭބަލް ޓަރމިނޭޓް ކުރުން. 

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަންގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ނެޓްވާރކް ސަޕޯޓް ދިނުން.

 

މަޤާމު:                    އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް:                ފައިނޭންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:             -/5500 ރ.

ސަރވިސް އެލަވަންސް:          -/1000ރ.

އެޑިޔުކޭޝަނަލް އެލަވަންސް:       ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ފައިނޭންސް ޑިޕާޓްމަންޓް / އެމްޓީސީސީ ޓަވަރ 3 ވަނަ ފަންގިފިލާ

ޝަރުޠު:                   ޖީސީ އޭލެވެލްގެ އެކައުންޓިންގއިން ފާސްވެފައިވުން.                          

                       މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                       މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

                       މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                       އިނގިރޭސިއާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    ޑިޕާޓަމަންޓްގެ އެކައުންޓްސް ރެކޯރޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން، މިކަމާބެހޭ ރިޕޯޓްތައް ތޔައްޔާރުކުރުން.

 

މަޤާމު:                    އެސިސްޓަންޓް ސުޕަރވައިޒަރ

ބޭނުންވާ އަދަދު:               01

ޑިޕާޓްމަންޓް:                ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް:         -/5500ރ.

ސަރވިސް އެލަވަންސް:          -/1000ރ.

އެހެނިހެން އެލަވަންސް/އިނާޔަތް:      ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް/އެމްޓީސީސީ ސޯމިލް

ޝަރުޠު:                  ޖީ.ސީ.އީ އޯ ލެވެލް ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

                       މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                       ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

                       މަސައްކަތް ކޯޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

                       މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން

                       މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    ޑިޕާޓްމަންޓްގެ މެއިންޓެނަންސް މަސައްކަތް ކޯޑިނޭޓްކޮށް އަދި ހިނގަމުންދާގޮތް ބެލުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.

 

މަޤާމު:                   އޮޕަރޭޓަރ (ޓަގު)

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:        -/5500ރ. 

ސަރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް:        ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން:      ރާއްޖެތެރެއަށް ދަތުރުކުރާ ޑޮމެސްޓިކް ޓަގުގައި

ޝަރުޠު:                ޓަގުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)

                     ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

                     ޓަގުފަހަރު އޮޕަރޭޓް ކުރުމުގެ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާ ނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

 

މަޤާމު:                 ކައްކާ (ޑޮމެސްޓިކް ޓަގު)

ބޭނުންވާ އަދަދު:            01

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:              ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މުސާރަ:                -/5500ރ.

ސަރވިސް އެލަވަންސް:        -/1000ރ.

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް/ޑޮމެސްޓިކް ކާގޯ އޮޕަރޭޝަން ޔުނިޓް ޓަގު

ޝަރުޠު:                 ޓަގުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިން ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  ޑިޕާޓްމަންޓްގެ މެއިންޓެނަންސް މަސައްކަތަށް ބޭނުންވާ އެންމެހާ މަސައްކަތްކުރުން.

 

މަޤާމު:                 ކްރޫ (ޑޮމެސްޓިކް ޓަގު)

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:            01

ޑިޕާޓްމަންޓް:              ލޮޖިސްޓިކަލް އޮޕްރޭޝަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:           -/4700ރ.

ސަރވިސް އެލަވަންސް:        -/1000ރ

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:   ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން:     ރާއްޖެތެރެއަށް ދަތުރުކުރާ ޑޮމެސްޓިކް ޓަގުގައި

ޝަރުޠު:                އަސާސީ ތަޢުލީމީ ފެންވަރު

                     ފަތަންދަތުމާއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން. ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން. މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަނދެއްގެ އޮޕަރޭޓަރަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން. އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުމާއި މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތުގައި އުޅުން.

 

މަޤާމު:                  އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު:             04

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:        -/5500ރ. 

ސަރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް:         ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން:       ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                 ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)

                      ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

                      އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

                      ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

                      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާ ނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

 

މަޤާމު:                  އެސިސްޓެންޓް ކަސްޓަމަރ ސަރވިސަސް އޮފިސަރ  

                     (ބަސް ޔުނިޓް / ސޭލްސް ކައުންޓަރ)

ބޭނުންވާ އަދަދު:             10

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:               ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:            -/5500ރ.

ސާރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ފެރީ ސަރވިސަސް ޑިޕާޓްމަންޓް އިން އަންގަވާ އެކި އެކި ތަންތަނުގައި (ބަސް/ ފެރީ ޓިކެޓް ކައުންޓަރ- ހުޅުމާލެ/ވިލިގިނލި/މާލެ/ތިލަފުށި/ހުޅުލެ)

ޝަރުޠު:                 ޖީސީއީ އޯލެވެލް ގެ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ

                     ފައިސާއާއި މުޢާމަލާތުކުރުމުގެ 3-2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މިކަމުގެ ލިޔުން ހުށަހެޅުއްވުން)

                     މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.  

                     ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު އަދި ސޭލްސްކަންކަން ކުރުމުގެ ހުނަރު ލިބިފައިވުން.

                     ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   އޮޕަރޭޝަނުގެ ކަސްޓަމަރުންނާއި މުޢާމަލާތްކޮށް، އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދީ، ފެރީ/ ބަހުގެ ޓިކެޓް ކަނޑާ ފައިސާގެ ލިޔެކިޔުންތައް ބަލަހައްޓައި، އޮޕަރޭޝަނުން އަންގަވާ ކަންކަން ކުރުން.

 

މަޤާމު:                 ކަސްޓަމަރ ސަރވިސަސް އެސިސްޓަންޓް

                     (ސެކިއުރިޓީ/ކްރޫ)

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:            25

ޑިޕާޓްމަންޓް:              ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:           -/4700ރ.

ސަރވިސް އެލަވަންސް:        -/1000ރ

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން:      ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި ނުވަތަ ކަނޑައަޅާ ޓާމިނަލެއްގައި

ޝަރުޠު:                 ގްރޭޑް 10 ގެ ނިންމާފައިވުން.

                     ފަތަންދަތުމާއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

                     ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

                     ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

                     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން. މީގެ އިތުރުން ފެރީ ޓަރމިނަލްތަކުގައި ޕެސެންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމު:                  އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:             08

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:        -/5500ރ.

ސާރވިސް އެލަވަންސް:         -/1000ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:                  ކާރު/ ވޭން ދުއްވުމުގެ ލައިސަންސް އޮތުމާއެކު، ދުއްވުމުގެ ތަޖުރިބާހުރި ފަރާތަކަށްވުން. BO ނުވަތަ B2 ލައިސަންސް ނަގާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                      ޑިއުޓީ ޝިފްޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

                      މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

 

މަޤާމު:                   ސަރވިސަސް އެސިސްޓަންޓް

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު:              01

ޑިޕާޓްމަންޓް:                ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

އަސާސީ މުސާރަ:             -/4700ރ.

ސަރވިސް އެލަވަންސް:          -/1000ރ

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:     ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.            

މަސައްކަތް ކުރަންޖެހޭ ތަން:       ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ޝަރުޠު:                  ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

                       މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    އޮފީސްތެރެ އަދި ސައިކޮޓަރި ފޮޅައި ސާފުކުރުން، މުވައްޒަފުންގެ ކެއުމުގެ ކަންކަން ހަމަޖައްސައިދިނުން. އަދި މީގެ އިތުރުން ޑިޕާޓްމަންޓަށް ބޭނުންވާ އެހެނިހެން ކަންކަމުގައި ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމު:                   ހޭންޑީ ޕާރސަން (ލޭބަރ)

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް /ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

މުސާރަ:                   -/4700ރ.

ސަރވިސް އެލަވަންސް:           -/1000ރ.

ފިކްސްޑް އެލަވަންސް:           އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް:      ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:        ހ.ސޯމިލް އަދި އެކި މަސައްކަތު ސައިޓް

ޝަރުޠު:                   މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:     ޑިޕާޓްމަންޓްގެ މެއިންޓެނަންސް މަސައްކަތަށް ބޭނުންވާ އެންމެހާ މަސައްކަތްކުރުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑްއޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

27 ޞަފަރު 1437

08 ޑިސެންބަރު 2015
ހޯދާ