ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސެކްޝަނުން ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނޯތު ޒޯނުގައި ހިމެނޭ ސްކޫލްތަކުގައި ކުރިއަށްގެންދެވޭ ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، އެ ސްކޫލްތަކުން ފޮނުވާ ރިކުއެސްޓްތަކަށް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް، އެތަކެތި ފޮނުވައި، ރެކޯޑްތައް ބެލެހެއްޓުން.
- މި މިނިސްޓްރީން ނޯތު ޒޯނުގެ ސްކޫލްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ ސައިޓް ވިޒިޓްތައް ހެދުމާއި، ޕްރޮގްރެސް މީޓިންގތަކުގައި ބައިވެރިވުމާއި، މަސައްކަތް ހިނގާނުހިނގާގޮތް ބަލައި، އެކަން ސެކްޝަނުގެ ވެރިޔާއަށް އެންގުން.
- ނޯތު ޒޯނުގެ ސްކޫލްތަކުގެ ޢިމާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ހާލަތު ދެނެގަނެވޭނެ ރިޕޯޓެއް ބޭނުންވެއްޖެ ހިނދެއްގައި އެ ސްކޫލަކަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓް ތައްޔާރުކުރުމާއި އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެރިއެއްގެ ލަފަޔާ އެއްގޮތަށް އެޅުން.
- ޕްރޮޖެކްޓަކާ ގުޅޭގޮތުން ވޭރިއޭޝަންގެގޮތުގައި މަސައްކަތެއް ކުރަންޖެހިއްޖެނަމަ، އެކަމަށް އެދި ހުށަހެޅުމުން އެކަންތައް ބަލައި، އެޕްރޫވް ކުރުން.
- ސެކްޝަނުން ނޯތު ޒޯނުގެ ސްކޫލްތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާރާތްކުރުމުގެ މަސައްކަތާ ގުޅިގެން ކޮންޓްރެކްޓަރުން ފޮނުވާ ބިލްތައް ޗެކްކޮށް، އިންޓަރިމް ތައްޔާރުކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއިން ފޮނުވާ އިންޓަރީމްތައް ޗެކްކުރުން.
- ސެކްޝަނުން ޓެންޑަރކުރުމަށް ބޭނުންވާ ނޯތު ޒޯނުގެ ސްކޫލްތަކުގެ ޕްރޮޖެކްޓްތައް ޓެންޑަރކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ސްޕެސިފިކޭޝަންތައް، ކަމާބެހޭ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް، އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްއަށް ފޮނުވަން ކަނޑައަޅާ ޕްރޮޖެކްޓްތައް އެ އޮފީހަށް ފޮނުވުމާއި، މިނިސްޓްރީން ކުރިއަށްގެންދަން ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮކިޔުމެންޓް ޔުނިޓަށް ފޮނުވުމާއި ޓެންޑަރކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ދިނުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
- ކުރިއަށްއޮތް އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް، ސެކްޝަން ހިންގަވާ ވެރިއެއްގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް، ބަޖެޓް ތައްޔާރުކުރާ ސެކްޝަނަށް ފޮނުވުން.
- މިހާތަނަށް ކުރެހިފައިހުރި ސްކޫލްތަކުގެ ކުރެހުންތައް ރައްކާތެރިގޮތަކަށް ބެލެހެއްޓޭނެ އިމްތިޒާމް ރާވައި ހަމަޖެއްސުން.
މަޤާމުގެ ޝަރުޠު:
1- ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. ސިވިލް އިންޖިނިއަރ ނުވަތަ އާރކިޓެކްޗަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 7 ޖަނަވަރީ 2016 އާއި 31 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ހ. ވެލާނާގޭގެ (8 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 6 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
13 ރަބީޢުލްއައްޥަލް 1437