ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހުގެ އެކިއެކި ޑިވިޜަންތަކުގައި ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ތިރީގައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ހެޑް އޮފީސް، ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/4650 ރުފިޔާ

މުސާރައާއި ޢިނާޔަތްތައް:

މުސާރައިގެ 30%

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ހާޒިރީ އެލަވަންސް:

މުސާރައިގެ 50% (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވުން. ނުވަތަ؛

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ. އެސް. 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛

(ރ) މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  މަސައްކަތުގެ  ފެންވަރު  ބެލުމުގެ ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުން  ދިއުމާއެކު،  އެސް. އެސް. 5  ގެ  ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

(ޅ) އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކުކަމުގައިވުން.

 

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

އޮފީސް އެސިސްޓެންޓް

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

ހެޑް އޮފީސް، ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/3800 ރުފިޔާ

މުސާރައާއި ޢިނާޔަތްތައް:

މުސާރައިގެ 30%

ސަރވިސް އެލަވަންސް:

މުސާރައިގެ 20%

ހާޒިރީ އެލަވަންސް:

މުސާރައިގެ 50% (ހަމަޖެހިފައިވާ އުސޫލުން)

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ އައަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

(ނ) އުމުރާއި ޞިއްޙަތުގެގޮތުން އެކަށީގެންވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، މުރާލި މީހެއްކަމުގައިވުން.

(ރ) ސައިކަލް ދުއްވާ ފަރާތްތަކަށް ބޮޑަށް އިސްކަންދެވޭނެއެވެ.

 

 

ފެންވަރު ނުވަތަ ޝަރުޠު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 16:00 އަށް ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ ފަރާތެއް ނެތްނަމަ، މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ ކުރިން، ތިރީގައިމިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް، 3 މަސްދުވަސް ހަމަވެފައިނުވާ ޕޮލިސް ރިޕޯޓް ހުށަހެޅުން އެދެމެވެ.

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

- މި މަޤާމްތަކަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307

ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

 13 ރަބީޢުލްއައްޥަލް 1437

 
24 ޑިސެންބަރު 2015
ހޯދާ