މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިޕްލޮމާ ފޮރ އިމާމްސް

ޑިޕްލޮމާ ފޮރ އިމާމްސް

ކޯހުގެ މުއްދަތު: 2 އަހަރު

ކިޔަވާ ތަން: ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ތަޢާރަފު

އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުނުމުގެ މަގުސަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން ޑިޕްލޮމާ ފޮރ އިމާމްސް ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޑިޕްލޮމާ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ވަނީ ދިވެހިރާއްޖޭގައި މި ވަގުތު ޚިދުމަތުގައި ތިއްބެވި އިމާމުންނަށާއި މުދިމުންނަށެވެ.

ކޯހުގެ ޝަރުޠު

ހ. ސާނަވީ (ޖީ.ސީ.އީ.އޯ ލެވަލްގެ 3 މާއްދާ)  ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން.

ސުންގަޑި

27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުއްވުން އެދެން. މި ކޯހަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ކޯހަށް ބައިވެރިން ހޮވުމުގައި ތިރީގައިވާ ބައިތަކަށް އިސްކަން ދެވޭނެއެވެ.

ހ- ޢަރަބި ބަސް އެނގޭ މިންވަރު

ށ- ޤުރުއާން ނުވަތަ ދީނީ ތަޢުލީމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތައް.

20 ޑިސެންބަރު 2015
ހޯދާ