އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

އިޢުލާން

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

މި އޮފީހުގެ ނަންބަރު IUL)32-A/1/2015/71)ފ(21 ޑިސެންބަރު 2015) އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނީ އެހީތެރިކަމަށް އެދި މިއޮފީހަށް ހުށަހެޅޭ ތިރީގައި މިދަންނަވާ ބާވަތްތަކުގެ މައްސަލަތަކުގައި ލީގަލް އެއިޑް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ލޯ ފާމެއް/ނުވަތަ ލޯޔަރުން ހޯދުމަށް މިއޮފީހަށް ބޭނުންވެއެވެ.

 

މައްސަލަތަކުގެ ބާވަތްތައް

1

ޑައިމޯފިން ޓްރެފިކް ކުރުން

2

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން

3

ޓެރަރިޒަމް

4

މަރުގެ މައްސަލަތައް

5

ކެނެބިސް ޓްރެފިކް ކުރުން

6

މަސްތުވާތަކެތީގެ ވިޔަފާރި ކުރުން

7

މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން

8

މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ބެހެއްޓުން

9

ޖަމާޢަތް ހަދައިގެން ވައްކަން ކުރުން

ވީމާ، މިދެންނެވި ބާވަތްތަކުގެ މައްސަލަތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެނިޔަލަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.

11 ރަބީޢުލްއައްވަލް 1436

22 ޑިސެންބަރު 2015
ހޯދާ